Last Updated: May 5, 21:32
Sunday, May 5, 2024
ޚަބަރު

7 ލައްކަ ފަތުރުވެރިން ޒިޔާރާތްކޮށްފި

ރާއްޖެ އައި ފަތުރުވެރިންތަކެއް - ފޮޓޯ: ވެލާނާ އެއާޕޯޓު

ރާއްޖެއަށް މިއަހަރު މިހާތަނަށް 7 ލައްކަ ފަތުރުވެރިން ޒިޔާރާތް ކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބު ދައްކާގޮތުން އޭޕްރިލް މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 728،950 ފަތުރުވެރިން ޒިޔާރާތް ކޮށްފައެވެ.

ރާއްޖެއަށް ޖެނުއަރީ މަހު 192،385 ފަތުރުވެރިން، ފެބްރުއަރީ މަހު 217،392 ފަތުރުވެެރިން، މާޗް މަހު 194،227 ފަތުރުވެރިން އަދި އޭޕްރިލް މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް 124،946 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވެއެވެ.

ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތް ކޮށްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 77،709 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވާއިރު އިނގިރޭސިވިލާތުން 72،635 ފަތުރުވެރިން، ރަޝިޔާއިން 72،336 ފަތުރުވެރިން، އިޓަލީން 66،170 ފަތުރުވެރިން އަދި ޖަރުމަނުން 57،321 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.