Last Updated: May 6, 09:58
Monday, May 6, 2024
ޚަބަރު

އެއާ ސާވިސް ވޯލްޑް ކޮންގްރެސް ރާއްޖޭގައި

މި އަހަރުގެ އެއާ ސާވިސް ވޯލްޑް ކޮންގްރެސް ޖުލައި މަހު ބާއްވަން ނިންމައިފި އެވެ.

ދުނިޔޭގެ ފެންވަރުގައި އެއާލައިންތަކާއި އެއާޕޯޓްތައް ގުޅުވައިދޭ އެންމެ ބޮޑު ކޮންގްރެސް އޮންނާނީ ކުރިއަށް ގެންދަން ނިންމާފައި ވަނީ ޖުލައި 9-11 އަށެވެ. މި ކޮންގްރެސް އަކީ ގްލޯބަލް ޓްރެވެލް އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަކުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިވެންޓެކެވެ.

މި އަހަރުގެ ކޮންގްރެސްގައި ރާއްޖޭގެ އެއާލައިންތައް ހިމެނޭހެން ޖުމްލަ 55 ފަރާތަކުން ބައިވެރިވާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުންޏެވެ.

އެގޮތުން މިހާރު ވަނީ ކޮންގްރެސް އަށް އެއަރޕޯޓްތަކާއި އެއާލައިންތައް ރަޖިސްޓްރީ ކުރުމުގެ މަސައްކަތާއި މާކެޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި އަހަރުގެ ކޮންގްރެސް ހޮސްޓިން ޕާޓްނަރަކީ އެމްއޭސީއެލުން ހިންގަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއއޭ) އެވެ. ރިސޯޓް ޕާޓްނަރަކީ ޝެރަޓޮން އެވެ. އިވެންޓްގެ އެއާލައިން ޕާޓްނަރަކީ އެމިރޭޓްސް އެވެ. އިވެންޓްގެ ސީޕްލޭން ޕާޓްނަރަކީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އެވެ.

މިދިޔަ އަހަރު އެއާ ސާވިސް ވޯލްޑް ކޮންގްރެސް ބޭއްބި ކޮންގްރެސް މިއަހަރު ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބުނުކަން އެމެރިކާގެ ސެން ފްރެންސިސްކޯގަ އެވެ. އަދި މި އަހަރުގެ ކޮންގްރެސް މި އަހަރު ރާއްޖޭގައި ބާއްވާނެކެން އޭގައި އިއުލާންކުރި އެވެ.