Last Updated: May 6, 11:59
Monday, May 6, 2024
ޚަބަރު

ހާލުގައި ޖެހުނު ފަރާތްތަކަށް ޒަކާތުން ދެ ލައްކަ ރުފިޔާ

ރާއްޖެ އާއި ރާއްޖެ އިން ޖެހުނު ފަރާތްތަކަށް މިދިޔަ މަހުގެ ތެރޭގައި ޒަކާތު ފަންޑުން ދެ ލައްކަ ވުރެ ގިނަ ރުފިޔާ ހޭދަކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ޒަކާތު ހައުސް މިއަދު ނެރުނު ޒަކާތު ފަންޑުން މިދިޔަ މަދު ދިން އެހީގެ ތަފުސީލު ރިޕޯޓްގައި ބުނީ ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވާން 248،604ރ. ހޭދަކޮށްފައިވާ ކަމަށެވެ.

ޒަކާތު ފަންޑުން މިދޔަ މަހު ވެސް އެންމެ ބޮޑު އެހީއެއް ދޫކުރީ ކެންސަރު ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ.

އެގޮތުން މިިދިޔަ 59 މީހަކަށް އެހީގެ ގޮތުގައި 190،822.50ރ. ރުފިޔާ ހޭދަކޮށްފައިވެ އެވެ. ހިތުގެ އޮޕަރޭޝަންތަކަށް އެހީގެ ގޮތުގައި 8،481ރ. ދީފައިވާ އިރު ބޯންމެރީ ޓްރާންސްޕްލާންޓް ހަދަން 25،443ރ. ހޭދަކޮށްފައިވެ އެވެ. މީގެ އިތުރުން ސިކުނޑީގެ އޮޕްރޭޝަންތަކަށް 180،407.19ރ. ދީފައިވާ އިރު، އެހެނިހެން ބަލިތަކަށް އެހީގެ ގޮތުގައި 279،872،50ރ. ރުފިޔާ ދޫކޮށްފައިވެ އެވެ.

އަދި ހާއްސަ ހާލަތްތައް މެދުވެރިންގެން އެހީއަށް އެދި ހުށައެޅި ފަރާތްތަކަށް 17،207.65ރ. ޒަކާތު ފަންޑުން ދޫފައިވާ އިރު، ސްކޮލާޝިޕްތަކަށް 44،563.80ރ. ދީފައިވެ އެވެ. މީގެ އިތުރުން ޒަކާތު ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ އިތުރުން ޒަކާތު ހައުސްގެ މުވައްޒަފުންގެ މުސާރަ އަށް 374،950.28ރ. ރުފިޔާ ދޫކޮށްފައިވެ އެވެ.

ޒަކާތު ހައުސް އުފެއްދެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ގަ އެވެ. އަދި އެތަން ރަސްމީކޮށް އިފުތިތާހުކުރީ ޖެނުއަރީ 2 ގަ އެވެ.