Last Updated: May 4, 17:31
Saturday, May 4, 2024
މުނިފޫހިފިލުވުން

ކަރަންގެ ފިލްމެއް އަލަށް އަޔޫޝްމަން ކުޅެނީ

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމަކަށް އެކްޓަރު އަޔޫޝަމަން ކްރާނާ ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ ވަރަށް ތަފާތު ގޮތަކަށް ހަދަން ނިންމާފައިވާ މި ފިލްމަކީ ސްޕައި ކޮމެޑީއެެއް ކަމަށާއި ނަން އަދި ފައިނަލް ނުކުރާ ފިލްމު ޑައިރެކްޓްކުރާނީ އާކާޝް ކޯޝިކް ކަމަށެވެ. މި ފިލްމު ޕްރޮޑިއުސް ކުރަނީ ކަރަން އާއި ޕްރޮޑިއުސަރު ގުނީތު މޮންގާ ގުޅިގެންނެވެ. އެ ދެ މީހުން ގުޅިގެން މި އަހަރުގެ ޖުލައިގައި ވަރުގަދަ އެކްޝަން ފިލްމެއް "ކިލް" ގެ ނަމުގައި ގެނެސްދޭން ވެސް ހަމަޖެހިފައިވެ އެވެ.

ޕިންކްވިލާ އިން ބުނީ އަޔޫޝްމަންގެ ސްޕައި ކޮމެޑީ ވާނީ މިހާތަނަށް ހިންދީ ސިނަމާ އިން ފެނިފައި ނުވާ ކަހަލަ ވަރަށް ތަފާތު އެއްޗަކަށް ކަމަށެވެ. ނެޝަނަލް އެވޯޑް ހޯދާފައިވާ އެކްޓަރުގެ އެންމެ ހާއްސަ ކަމަކީ ވެސް އަބަދު ވެސް ވަރަަށް ތަފާތު ކޮންސެޕްޓްތަކުގެ ފިލްމުތައް ކުޅުމެވެ.

ދަރުމާގެ މި ފިލްމު ވާނީ ކަރަން ޕްރޮޑިއުސްކުރާ ފިލްމެއް އަޔޫޝްމަން ކުޅޭ ފުރަތަމަ ފަހަރަށެވެ. މި ފިލްމުގެ ބަތަލާއަކަށް ސާރާ އަލީ ޚާން ނެގުމާ ގުޅޭ ގޮތުން މިހާރު މަޝްވަރާތައް ދަނީ ކުރިއަށެވެ.

އަޔޫޝްމަންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ޑްރީމް ގާލް 2" އެވެ.

މި މަހުގެ ކުރީކޮޅު މީޑިއާތަކުން ބުނީ ޑައިރެކްޓަރު އަނީސް ބަޒްމީ "ބޫޓިޔާޕާ" ގެ ނަމުގައި ހަދަން ނިންމާފައިވާ ހޮރޯ-ކޮމެޑިއަކަށް ވެސް އަޔޫޝްމަން ސޮއިކޮށްފައިވާ ކަމަށެވެ.