Last Updated: May 6, 06:06
Monday, May 6, 2024
ޚަބަރު

އުރީދޫ ނޭޝަންގެ އީއޭއެފްސީ ޗެމްޕިއަނަކަށް ޒަމީލު

އުރީދޫ ނޭޝަންގެ އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް، ސީޒަން އެކެއްގެ ޗެމްޕިއަންކަން މުހައްމަދު ޒަމީލް ޒިހުނީ ހޯދައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފަށައި ހޮނިހިރު ދުވަހުގެ ރޭ މުބާރާތް ނިންމައިލި އިރު ޗެމްޕިއަންކަން ހޯދި ޒަމީލަށް އިނާމެއްގެ ގޮތުގައި 8،000ރ. ލިބުނެވެ. އަދި ދެވަނަ އަށް ދިޔަ ރާއިދު ހަސަނަށް 4،500ރ. އަދި ތިންވަނަ ހޯދި މުހައްމަދު ރިޝްފާނަށް 2،500ރ. ލިބުނެވެ.

މޯލްޑިވްސް އީ-ސްޕޯޓްސް އެސޯސިއޭޝަނާ ގުޅިގެން ބޭއްވި މި މުބާރާތަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އުރީދޫން ބުންޏެވެ.

އެ ކުންފުނިން އުރީދޫ ނޭޝަންގެ ފަރާތުން ރާވާ މި މުބާރާތުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ އީ-ސްޕޯޓްސް ކޮމިއުނިޓީއަށް ހިތްވަރުދީ، އެންމެން އެއްތަނަކަށް ގެނެސް، ވާދަކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް ކަމަށެވެ. އެގޮތުން ރާއްޖޭގައި އެ ކުޅިވަރު ކުރިއަރުވައި އެކަމުގައި އުޅޭ ޒުވާނުންނަށް އިތުރު ފުރުސަތު ހޯދައި ދޭން އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށް އުރީދޫން ބުންޏެވެ.