Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

ތިލަފުށިން ދިވެހި ވިޔަފާރިތަކަށް ބިން ވިއްކަނީ

ހަމައެކަނި ދިވެހިންނަށް ހާއްސަކޮށްގެން ތިލަފުށިން ބިން ވިއްކަން ނިންމައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ ތިލަފުށިން ބިން ވިއްކަން ހުޅުވާލާނީ ވިޔަފާރިކުރާ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމުކޮށް ދިނުމަށާއި ވިޔަފާރި ހަރަކާތް ހިންގުމުގެ ދާއިމީ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށާއި ވިޔަފާރީގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށް ތިލަފުށިން ބިން ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނީ ތިލަފުށީގައި ބިން ބޭނުންކުރެވޭ ނިސްބަތަށް ބަލައި އިތުރު ބިންތަކެއް ކުއްޔަށް ދޫކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ތިލަފުށީގައި ލޭންޑް ސެލްތަކެއް ހަދާނެ ކަމަށާއި އެ ބިންތައް ޚާއްސަ ކުރާނީ ހަމައެކަނި ދިވެހި ވިޔަފާރިވެރިންނަށް ކަމަށެވެ.