Last Updated: May 4, 23:07
Saturday, May 4, 2024
ޚަބަރު

ޔާމީންގެ ޕާޓީ އީސީގެ ދަފުތަރުގައި ހިމަނައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ހުންނަވާ އުފެއްދެވި ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެެފް) ސިޔާސީ ޕާޓީއެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަން (އީސީ) ގައި ރަޖިސްޓްރީކޮށްފި އެވެ.

އެގޮތުން ޕާޓީތަކުގެ ދަފުތަރުގައި އެ ޕާޓީ ހިމަނާފައިވާ ޕީއެންއެފްގެ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ވަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކުރައްވާފައިވެ އެވެ.

އެ ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހެޅީ ފެބްރުއަރީ މަހުގެ 27 ގަ އެވެ. ޕީއެންއެފްގެ ވަގުތީ ރައީސަކީ ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.

އެ ޕާޓީގެ ދާއިމީ ސެނެޓެއް އިންތިހާބު ކުރެވެންދެން، ވަގުތީ ސެނެޓަށް ވަނީ ޔާމީން ހިމެނޭހެން 20 މީހުން އައްޔަންކޮށްފަ އެވެ.

* ސެނެޓް މެންބަރުންނަކީ:

1. އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް
2. ޒޭން އަބްދުﷲ ޔާމީން
3. މުހައްމަދު މަލީހް ޖަމާލް
4. މުހައްމަދު ޝަވީދު
5. ޑރ. އަބްދުﷲ އިބްރާހީމް
6. ޑރ. މުހައްމަދު ޖަމީލް އަހުމަދު
7. ޑރ. ޖިހާދު ހަސަން
8. ހުސެއިން ވަހީދު
9. އަހުމަދު މުސްތަފާ މުހައްމަދު
10. އަހްމަދު ފަޔާޒް
11. އަލީ ޝިޔާން ނާޝިދު
12. އަބްދުﷲ ހުސެއިން
13. އަދުލީ އިސްމާއިލް
14. އަނީސާ ސައީދު
15. އައިޝަތު ހަފީޒު
16. ފާތިމަތު ރަހުމާ
17. އައިމިނަތު ސައީދާ
18. އަބްދު ﷲ ޝަހީލު ޖަލީލު
19. މުހައްމަދު އަބްދުލް ލަތީފް
20. އަބްދު ﷲ އަހުމަދު (ވޭމޫ)

ޕީއެންއެފަކީ ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން އުފައްދަވަން ނިންމެވި ޕާޓީއެކެވެ.

އެ ޕާޓީއާ އެކީ މިހާރު އީސީގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް ހިމެނެ އެވެ.