Last Updated: May 5, 18:07
Sunday, May 5, 2024
ޚަބަރު

މޯލްޑިވިއަނުން ކޮލަމްބޯ އަށް ދަތުރުތައް ފަށައިފި

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ސްރީ ލަންކާގެ ކޮލަމްބޯ އަށް ދަތުރުތައް ފަށައިފި އެވެ.

މިކަމަށްޓަކާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިރޭ ހާއްސަ ރަސްމިއްޔާތެއް ބޭއްވިއިރު، މި ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފްގެ އިތުރުން އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މޯލްޑިވިއަނުން ބުނީ ކޮންމެ ހަފުތާ އަކު ދެ ދަތުރު އޮންނާނެ ކަމަށެވެ. އެއީ ބުރާސްފައްޗާއި ހޮނިހިރު ދުވަހު އެވެ. މި ދަތުރުތައް ކުރާނީ އެއާބަސް އޭ320 މަތިންދާ ބޯޓްގަ އެވެ. ދަތުރުތަކުގެ ދެކޮޅު ޓިކެޓްގެ އަގަކީ 165 ޑޮލަރެވެ.

މޯލްޑިވިއަންގައި ލަންކާ އަށް ދާ މީހުންނަށް 30 ކިލޯގެ ބެގޭޖް އުފުލޭނެ އެވެ. އަދި ނަވަލޮކާ ލަންކާގެ މަޝްހޫރު ހޮސްޕިޓަލެއް ކަމަށްވާ ހޮސްޕިޓަލުން އެކްސްކުލޫސިވްކޮށް ހިދުމަތްތަކެއް ލިބޭނެ އެވެ.

މޯލްޑިވިއަންއިންގައި ދަތުރުކުރުމަށް އެ އެއާލައިންގެ ވެބްސައިޓުންނާއި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް އަދި އޮފީހަށް ގޮސްގެން ވެސް ޓިކެޓް ބުކްކުރެވޭނެ އެވެ.