Last Updated: May 9, 02:20
Wednesday, May 8, 2024
ޚަބަރު

ސަރުކާރުގެ ކުންފުނިތައް ރިފޯމް ކުރަނީ

ސަރުކާރުގެ ކުންފުނިތަކުގެ ހަރުދަނާކޮށް ފައިދާވާ ކުންފުނިތަކަކަށް ހެދުމަށްޓަކައި އެ ކުންފުނިތައް ރިފޯމް ކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ގެއްލުމުގައި ގިނަ ކުންފުނިތައް ހިންގަން ޖެހުމުން އޭގެ ބުރަ ސަރުކާރަށް ބޮޑު ކަމަށެވެ. އެހެންވެ ދެމެހެއްޓެވި ގޮތަށް ކުންފުނިތައް ކުރިއަށް ގެންދަން ބަދަލުތަކެއް ގެންނަން މުހިއްމުވާ ކަމަށާއި އެކަމާ ގުޅުން ހުރި ކަންކަން ސަރުކާރުން ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ 32 ކުންފުންޏެއް އެބައޮތެވެ.

މިނިސްޓަރު ވިދާޅުވީ އެ ކުންފުނިތަކުން ދައުލަތަށް ފައިދާވާން ވެސް އޮތީ ކުންފުނިތަކުގެ ހިންގުން ވަރަށް ބޮޑު ހަރުދަނާކޮށްގެންކ ކަމަށެވެ.

ދައުލަތަށް ރަނގަޅު އާމްދަނީއެއް ލިބޭ ނުވަތަ ރައްޔިތުން ބޭނުންވާ ގޮތަށް ފައިދާވާގޮތަށް އިންތިޒާމްވެގެން ހިންގާ ކުންފުނިތައް ވަރަށް މަދުކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެހެންކަމުން އަޅުގަނޑު ދެކެން އެންމެ ރަނގަޅަށް ނުހިނގާ ކުންފުނިތައް ކޮންގޮތަކަށްތޯ އެ ކުންފުނިތައް ހިންގާނީ. ކޮން ބަދަލުތަކެއްތޯ ގެނެވޭނީ. އެސްއޯއީ ކުންފުނިތައް ހަރުދަނާކޮށް ނުވަތަ ރިފޯމްކުރުން،" ޝަފީގު ވިދާޅުވި އެވެ. "ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވޭ އެސްއޯއީ ރިފޯމް ޕްރޮގްރާމެއް ވަރަށް އަވަހަށް ފަށްޓައިގެން ކުރިއަށް ގެންދިއުމަށް. މިހާރު ކެބިނެޓަށްވަނީ ކަރުދާހެއް ހުށައަޅާ ފާސްކުރެވިފައި."

މިނިސްޓަރު ވިދާޅުވީ މިކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީގައި އެސްއޯއީ ރިފޯމް ޕްރޮގްރާމަށް ހަދަން ޖެހޭ ސްޑަޑީޒްތައް މިހާރު ހެދިފައި ހުރި ކަމަށެވެ.

"އެހެންވީމަ އިރާދަކުރެއްވިއްޔާ އިމްލިމަންޓް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓާނަން." ޝަފީގު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގެންނަން ނިންމާފައިވާ ބަދަލުތަކާ އެކީ ދައުލަތުން ސަބްސިޑީ ދޭ ގެ އުސޫލަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނާ އެވެ. އެގޮތުން އާސަންދަ ފަދަ ކުންފުނުޔަކުން ދޭ އެހީތައް މިހާރު ހިނގަނީ އެންމެ ރަނގަޅަށް ނޫން ކަމަށްވާތީ އެއީ ވަރަށް ބޮޑު އިސްކަމެއް ދީފައިވާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

"އާސަންދައަކީ ވަރަށް މުހިންމު ޕްރޮގްރާމެއް. ވަރަށް ގިނަ ރައްޔިތުންތަކަށް ފައިދާ ކުރޭ. އެކަމު އަޅުގަނޑުމެން އެންމެން ވެސް ޤަބޫލު ކުރަން ޖެހޭ އާސަންދައިގެ ކަންތައް ދަނީ އެންމެ ރަނގަޅަށް ނޫންކަން. އިސްރާފު ވަރަށް ބޮޑު. އާސަންދައަށް ދޭ ބަޖެޓު އަހަރުން އަހަރަށް ޑަބަލްވަމުން އެދަނީ،" މިނިސްޓަރުވދާޅުވި އެވެ "އެއް ބިލިއަނަށް ބަޖެޓުކުރާ ޚަރަދުދެ ބިލިއަށް އަރާ. ދެ ބިލިއަން ބެޖެޓުކުރީމަ ހަތަރު ބިލިއަން ޚަރަދުތައް އަރައިގެންދޭ."