Last Updated: May 7, 15:03
Tuesday, May 7, 2024
ޚަބަރު

ސްޓެލްކޯގެ ކަރަންޓް ކޭބަލްތަކެއް ވަގަށް ނަގައިފި

ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރި ހުންނަ ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށިތަކަކުން ކަރަންޓު ކޭބަލްތަކެއް ވަގަށް ނަގައިފި އެވެ.

ވައްކަން ކޮށްފައިވާ ފޮށިތަކުގެ ފޮޓޯތަކަކޡާ އެކީ އެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި ވަނީ ސެންޓްރަލް ޕާކުގަ މިހާރު އި "ވެކޭޝަން އެކްސްޕޯ" ކުރިއަށް ގެންދާ ހައިރައިސް ކުންފުނީގެ ވެރިޔާ އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) އެވެ.

އޭގައި އޭނަ ބުނީ އެ ފޮށިތަކަކީ ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ ކުރިމަތީ ހުރި ފޮށިތަކެއް ކަމަށާއި އެ ވަގުތު ޕާކުގައި ކުރިއަށް ގެންދިޔަ އިވެންޓުގެ ސެކިއުރިޓީން ވެސް ހަރަކާތްތެރިވަމުން ދިޔަ ކަމަށެވެ. ބުނެފަ އެވެ.

ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުން ދާދި ފަހުން ވެސް ވައްކަންކޮށްފައިވެ އެވެ. އެގޮތުން، މިދިޔަ 24، ގައި ހުޅުމާލޭ ފޭސް ދޭއްގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހި ޒުވާނަކު ވަނީ މަރު ވެސް ވެފަ އެވެ.

އެ ހާދިސާ ހިނގީ ޓްރާންސްފޯމަރުކުން ވައްކަން ކުރުމުގެ ތެރޭގައި ކަރަންޓުގައި ޖެހި ހިތާމަވެރި ހާދިސާއެއް ހިނގާފާނެ ކަމުގެ އިންޒާރު ސްޓެލްކޯ ދީފައި ވަނިކޮށެވެ.