Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ދެކުނަށް މޫސުން ގޯސް، ޔެލޯ އެލާޓް ނެރެފި

ފޮޓޯ: އައްޑޫލައިވް

ރާއްޖޭގެ އެންމެ ދެކުނަށް ވައިޓް އެލާޓް ނެރުމަށް ފަހު، އެ އެލާޓް މިހާރު ޔެލޯ އެލާޓަށް ބަދަލުކޮށްފި އެވެ.

މެޓް އޮފީހުން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަށް މީގެކުރިން ވައިޓް އެލާޓް ނެރުނުއިރު، އެ ސަރަހައްދަށް ޔެލޯ އެލާޓް މިހާރު ނެރެފައިވަނީ މިރޭ 12:30 އާއި ހަމައަށެވެ.

މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސް ދުވަސްވަރެކެވެ.