Last Updated: May 9, 02:20
Wednesday, May 8, 2024
ކުޅިވަރު

ލިވަޕޫލްގެ ކޯޗަކަށް ސްލޮޓް

ލިވަޕޫލްގެ ކޯޗަކަށް ނެދަލެންޑްސްގެ ފޭނޫޑްގެ ކޯޗުކަމުގެ މަގާމުގައި ހުރި އާން ސްލޮޓް ހަމަޖެއްސުމަށް ނިންމައިފި އެވެ.

މި ސީޒަނަށް ފަހު، ލިވަޕޫލްގެ ކޯޗުކަން ޔާގަން ކްލޮޕް ދޫކޮށްލާނެކަން ވަނީ އިއުލާނުކޮށްފަ އެވެ. އާ ކޯޗެއް ހޯދަން ލިވަޕޫލުން ކުރަމުން އަންނަ މަސައްކަތުގައި މި ވަގުތު މަޝްވަރާ ކުރަމުން އަންނަނީ ސްލޮޓް ،45، އާ އެވެ.

ރިޕޯޓުތައް ބުނާގޮތުން ފޭނޫޑާއެކު ސްލޮޓް ހަދާފައިވާ އެއްބަސްވުން އުވާލަން ދައްކަން ޖެހޭ ފީއާ ގުޅޭގޮތުން ލިވަޕޫލް އާއި ފޭނޫޑާއި ދެމެދު މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ. އެގޮތުން ފީއެއްގެ ގޮތުގައި ގާތްގަނޑަކަށް 9.4 މިލިއަން ޕައުންޑް ލިވަޕޫލުން ފޭނޫޑަށް ދައްކާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މީގެ ކުރިން ލީޑްސް ޔުނައިޓެޑާއި ޓޮޓެންހަމް އިން ވެސް ގެންނަން ޝައުގުވެރިކަން ފާޅުކުރި ސްލޮޓް އަކީ ވިހި އަހަރު ތެރޭ ފުރަތަމަ ފަހަރަށް ފޭނޫޑަށް ނެދަލޭންޑްސް ލީގު ހޯދައިދިން ކޯޗެވެ. އަދި މި ސީޒަނުގައި ސްލޮޓްގެ އިރުޝާދުގެ ދަށުން ކުޅެ ފޭނޫޑުން ވަނީ ނެދަލޭންޑްސް ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.

އާ ކޯޗެއް ހޯދަން ކުރި މަސައްކަތުގައި ލިވަޕޫލުން ވަނީ ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އޮލޮންސޯއާ ވެސް ވާހަކަ ދައްކާފަ އެވެ. އަލޮންސޯ ނިންމީ ލެވަކޫސަނުގައި މަޑުކުރުމަށެވެ.