Last Updated: May 9, 02:20
Wednesday, May 8, 2024
ޚަބަރު ބީއެމްއެލް

ބީއެމްއެލް މުވައްޒަފުންގެ އަގުވަޒަންކޮށްފި

ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް) އަހަރީ އެވޯޑް ދިނުމުގެ ހަފުލާ ރޭ ބާއްވައި އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑް ދީފި އެވެ.

ކްރޮސްރޯޑްގައި ބޭއްވި ހަފުލާގައި އެމްޕްލޯއީ އޮފް ދަ އިޔާ އެވޯޑް ހާސިލުކޮށްފައިވަ ނީ ކަސްޓަމާ ސާވިސްގެ މެނޭޖަރު މުހައްމަދު ޝާއިގު އަހުމަދެވެ. ނައިފަރު ބްރާންޗުން ވަނީ ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް އެވޯޑް ހޯދައިފަ އެވެ. ޢަލީ ފާރިޝް ޚަލީލް ހެޑް އޮފް ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން ބެސްޓް ލީޑާގެ އެވޯޑް ހޯދި އިރު އަޒާން ރަޝީދަށް ޓާމިނަލް މެނޭޖްމަންޓް ޔުނިޓް ވަނީ ބެސްޓް މެނޭޖާގެ އެވޯޑް ލިބިފައިވެ އެވެ.

މީގެއި ތުރުން މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ހިދުމަތްކޮށްފައިވާ މުވައްޒަފުންނާއި ޓީމުތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެކި ކެޓަގަރީތަކުން އެވޯޑް ދީފައިވެ އެވެ. އޭގެ ތެރޭގައި ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް އެޓޯލް އެމްޕްލޯއީ، ބެސްޓް ޓީމް، ކަސްޓަމާ ސާވިސް ސްޓާ އަދި އެވޯޑް ފޯ އިނޮވޭޝަން ހިމެނެ އެވެ.

ގައުމީ ބޭންކްގެ އެވޯޑް ހަފުލާގައި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ބޭންކުގެ ޓީމާ ދޭތެރޭ ވަރަށް ފަހުރުވެރިވާ ކަމަށާއި މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށްދޭ އަހައްމިއްޔަތުކަން އަހަރުން އަހަރަށް މުވައްޒަފުން ކުރާ ބުރަ މަސައްކަތުން ދައްކުވައިދޭ ކަމަށެވެ.

އެހެންވެ ރޭ އެވޯޑް ހާސިލްކުރި ހުރިހާ މުވައްޒަފުންނަށް ކާލް ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ.

ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުން އަންނަ ބޭންކެވެ. ބީއެމްއެލްގެ 99 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިންނެވެ.