Last Updated: May 9, 06:05
Thursday, May 9, 2024
ޚަބަރު

މޭ ޑޭގައި މާލޭގައި ރެލީއެއް ބާއްވަނީ

ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ މެއި 1 ގައި މި ފަހަރު ވެސް ރާއްޖޭގައި ހާއްސަ ރެލީއެއް ބާއްވަން ނިންމައިފި އެވެ.

މަސައްކަތްތެރިންގެ ޝުއޫރުތަކާއި ކަންބޮޑުވުންތައް ކަމާބެހޭ ފަރާތްތަކަށް އިއްވުމުގެ ގޮތުން ބާއްވާ މި ރެލީ އޮންނާމީ މާލޭގަ އެވެ. މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އިން އިންތިޒާމުކުރާ މި ރެލީގައި ރާއްޖޭގައި ހިންގަ،މުން އަންނަ ހަ ޔޫނިއަންއަކުން ބައިވެރިވާނެ އެވެ.

މި ރެލީގެ މައިގަނޑު ޑިމާންޑަކަށް ވާނީ މިހާރު ފާސްކޮށްފައިވާ އޮތް އިންޑަސްޓްރިއަލް ރިލޭޝަންސްގެ ގާނޫނު ފުރިހަމައަށް ތަންފީޒުކުރަން ބާރު އެޅުމެވެ.

އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލު ތަސްދީގުކުރީ މި އަހަރުހެ ޖެނުއަރީ 2 ގަ އެވެ. އެ ގާނޫނަށް އަމަލު ކުރަން ފެށީ މި މަހުގެ 2 ގަ އެވެ.