Last Updated: July 21, 18:02
Wednesday, July 22, 2026
މުނިފޫހިފިލުވުން

އިންޑިއާގެ އެކްޓަރަކު ގެއްލިގެން ހޯދަނީ

އިންޑިއާގެ އެކްޓަރަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގެއްލިގެން ފުލުހުންނަށް ވެސް ރިޕޯޓްކޮށް ހޯދަމުން އަންނަނީ މަޝްހޫރު ޓީވީ ސިލްސިލާ "ތާރަކް މެހެތާ ކާ އޫލްޓާ ޗަޝްމާ" ގައި ކުރިން ރޯޝަން ސިންގް ސޯދީގެ ރޯލު ކުޅުނު ގްރޫޗަރަން ސިންގް، 50، އެވެ

އޭނަގެ އާއިލާ އިން ބުނީ ގްރޫޗަރަން ނިއު ދިއްލީން މުމްބާއީ އަށް ފުރަން މި މަހުގެ 22 ވަނަ ދުވަހު އެއާޕޯޓަށް ދިޔަ ގޮތަށް އޭނަގެ އެއްވެސް ޚަބަރެއް ނުވާ ކަމަށާއި ފޯނުން ވެސް ނުގުޅޭ ކަމަށެވެ. އެހެންވެ އެ މައްސަލަ ފުލުހުންނަށް ވެސް ރިޕޯޓްކޮށްފައިވާ ކަމަށް އާއިލާ އިން ބުންޏެވެ.

ޕަންބާޖީ ފަންނާނެއްގެ ގޮތުގައި އާންމުންގެ މެދުގައި މަޝްހޫރު ގްރޫޗަރަން އަކީ އިންސްޓަގްރާމްގައި އެއް މިލިއަން ފޮލޯވަރުން ތިބޭ މީހެކެވެ.