Last Updated: May 9, 09:05
Thursday, May 9, 2024
މީހުން

ހާހަކަށް ވުރެ ގިނަ ގަހުގައި ބައްދާލައިގެން ރެކޯޑެއް

ގާނާގެ ޒުވާން ތިމާވެށީގެ އެކްޓިވިސްޓަކު ގަޑިއެއްގެ ތެރޭގައި ހާހަކަށް ވުރެ ގިނަ ގަހުގައި ބައްދާލައިގެން ރެކޯޑެއް ހަދައިފި އެވެ.

މިއީ މިފަދަ ރެކޯޑެއް މީހަކު ހެދި ފުރަތަމަ ފަހަރެވެ.

އުމުރުން 29 އަހަރުގެ އަބޫބަކުރު ތަހިރޫ ވަނީ ރެކޯޑް ހެދުމަށްޓަކައި އެއް ގަޑިއިރުތެރޭ ޖުމްލަ 1،123 ގަހުގައި ބައްދައިފި އެވެ. އެގޮތުން މިނިޓެއްގެ ތެރޭގައި އެވްރެޖްކޮށް 19 ގަހުގައި އޭނަ ބައްދާފައިވެ އެވެ. މިދިޔަ އަހަރުން ފެށިގެން އެމެރިކާގެ އެމެރިކާގަ އާބަން ޔުނިވަސިޓީގައި ފޮރެސްޓްރީ ދާއިރާ އިން މާސްޓަ ޑިގްރީ އަށް ކިޔަވަމުން އަންނަ އަބޫބަކުރު ރެކޯޑް ހަދަން ހާހަކަށް ވުރެ ގިނަ ގަހުގައި ބެއްދީ އަލަބަމާގެ ޓަސްކެގީ ނެޝަނަލް ފްރޮސްޓްގައި ހުރި ގަސްތަކެއްގަ އެވެ.

އަބޫބަކުރު ބުނީ ގިނިސް ވޯލްޑް ރެކޯޑުން އޭނަ އަށް ރެކޯޑް ކަށަވަރުކޮށް ދިނުންވީ ވަރަށް ވެސް ބޮޑު އުފާވެރި ކަމެއް ގެނުވައި ދިން ކަމެއް ކަމަށެވެ. އޭނަ ބުނި ގޮތުގައި މި ރެކޯޑަށް ކުރި މަސައްކަތުގެ އެންމެ އުނދަގޫ ކަމަކަށްވީ ވީހާ ވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވީހާ ވެސް ގިނަ ގަސްތަކެއްގައި ބެއްދުން ކަމަށެވެ.

"އެހެންވެ ޖަންގަލި ތެރޭގައި މޫވްކުރަންވީ ތަންކޮޅެއް އުނދަގޫ ކަމަކަށް،" އަބޫބަކުރު ބުންޏެވެ. "އަދި މިކަން ކުރީ މިދިޔަ ރޯދަ މަހުގެ ތެރޭގައި ރޯދަ އަށް ވެސް ހުރެގެން. އެހެންވެ ފުދޭ ވަރަކަށް ވަރުބަލިވި ކަމަކަށް ވީ."

އޭނަ ބުނީ މި ރެކޯޑް ބޭނުމަކަށްވީ ވެއްޓަށް ގަހުގެ މުހިއްމުކަން އަންގައިދީ، ގަހަށް އޮންނަން ޖެހޭ ލޯބި ވެސް ހާމަކޮށް ދިނުން ކަމަށެވެ.

"ދެން މިހާރު ބޭނުން ވަނީ ތިމާވެއްޓަށް މަސައްކަތްކުރާ ގިނަ ޖަމިއްޔާތަކަކާ ހިއްސާވެގެން އެ ދާއިރާ އިން ގިނަ މަސައްކަތްތަކެއް ކުރަން." އަބޫބަކުރު ބުންޏެވެ.