Last Updated: May 9, 13:22
Thursday, May 9, 2024
މުނިފޫހިފިލުވުން

"ސްކައި ފޯސް" ގެ ކުރިން އަކްޝޭގެ އެހެން ފިލްމެއް

މި އަހަރުގެ އޮކްޓޯބަރުގައި އަކްޝޭ ކުމާރުގެ "ސްކައި ފޯސް" ސިނަމާތަކަށް ގެންނާނެކަން އިއްޔެ އިއުލާންކޮށްފައި ވަނިކޮށް، އޭގެ ކުރިން އޭނަގެ އެހެން ފިލްމެއް ރިލީޒްކުރާނެކަން މިއަދު އިއުލާންކޮށްފި އެވެ.

އެއީ މިދިޔަ މަހުގެ ތެރޭގައި ޝޫޓިން ނިންމައިލި ރޮމޭންޓިކް ކޮމެޑީ "ކޭލް ކޭލް މޭ" އެވެ.

"ހެޕީ ބާގް ބާގް ޖާއޭގީ" އާއި "ޕަތީ ޕަތުނީ އޯރް ވޯ" ފަދަ ފިލްމުތައް ގެނެސްދިން މުދައްސަރު އަޒީޒު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އަކްޝޭގެ "އެކްޝަން ރިޕްލޭ" އާއި "ނަމަސްތޭ ލަންޑަން" ގެ އިތުރުން "ވަގުތު" ގެ ޑައިރެކްޓަރު ވިޕުލް ޝާހް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ފިލްމެކެވެ.

ސެޕްޓެމްބަރު 6 އަށް ތާވަލުކުރި "ކޭލް ކޭލް މޭ" ގެ ކާސްޓްގައި ވާނީ ކަޕޫރް، އައްމީ ވާކް، ތާޕްސީ ޕައްނޫ، އަދިތިޔާ ސީލް، ފަރުދީން ޚާން އަދި ޕްރަގިއާ ޖެއިސްވާލް ވެސް ހިމެނެ އެވެ.

އަކްޝޭގެ "ސްކައި ފޯސް" ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ އޮކްޓޯބަރު 2 ގަ އެވެ. ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އަށް ސަންދީޕް ކެލްވާނީ އާއި އަބީޝެކް ކަޕޫރު ޑައިރެކްޓްކުރި ފިލްމުގެ ކާސްޓްގައި ސާރާ އަލީ ޚާން، ނިމްރަތު ކޯރް، ޝަރަދު ކެލްކަރްގެ އިތުރުން އަލަށް ތައާރަފުކުރާ އެކްޓަރު ވީރް ޕަހަރިއާ ހިމެނެ އެވެ.

މި އަހަރު ރިލީޒްވި އަކްޝޭގެ ފުރަތަމަ ފިލްމަކީ މި މަހުގެ 11 ގައި ގެނެސްދިން އެކްޝަން ތުރިލާ "ބަޅޭ މިޔާ ޗޯޓޭ މިޔާ" އެވެ. އޭނަ ދެން އެން އަވަހަށް ފެންނާނީ ޖުލައި 12 އަށް ތާވަލުކޮށްފައި އޮތް "ސަރުފީރާ" އިންނެވެ.