Last Updated: May 20, 22:14
Monday, May 20, 2024
މުނިފޫހިފިލުވުން

"ކަލްކީ" ގެ ޕޯސްޓަރެއް، ފިލްމު ޖޫން 27 ގައި

އިންޑިއާގެ މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޕްރަބާސް އާއި ދީޕިކާ ޕަދްކޯންގެ "ކަލްކީ: 2898 އޭޑީ" ގެ ޕޯސްޓަރަކާ އެކީ ފިލްމު ރިލީޒްކުރަން ނިންމާފައިވާ އާ ތާރީހު މިއަދު އިއުލާންކޮށްފި އެވެ.

ކުރިން އަންނަ ޖޫން މަހުގެ 20 އަށް ތާވަލުކުރި ފިލްމު މިހާރު ބެލުންތެރިންނަށް ދޫކޮށްލަން ނިންމާފައި ވަނީ ޖޫން 27 ގަ އެވެ.

"ކަލްކީ" އަކީ ކުޅަދާނަ ތެލެގޫ ޑައިރެކްޓަރު ނާގް އަޝްވިން ގެނެސްދޭ އެޕިކް ސައިންސް-ފިކްޝަން ޑިސްޓޯޕިއަން ފިލްމެކެވެ. މީގެ މައިގަނޑު ކާސްޓްގައި އަމީތާބް ބައްޗަނާއި ޑިޝާ ޕަޓާނީގެ އިތުރުން މުރްނާލް ތާކޫރް، ރަޖެންދުރަ ޕްރަސާދު، ޕަސޫޕަތީ، ސަސްވަތާ ޗެޓަޖީ އަދި އައްނާ ބެން ވެސް ހިމެނެ އެވެ.

އިންޑިއާގެ ސިނަމާ އަށް މުޅިން ރަހައެއް ގެނުވައިދޭނެ ކަމަށް ބެލެވޭ "ކަލްކީ" ހަދާފައި ވަނީ 600 ކްރޯޑް ރުޕީސް (72 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ. މި ފިލްމަށް ގިނަ ބަޔަކު އިންތިޒާރުކުރާ ސަބަބުތަކުގެ ތެރޭގައި ޕްރަބާސް އާއި ދީޕިކާގެ ޖޯޑު އެކީގައި ސްކްރީނުން ދެކިލަން ބޭނުންވުން ހިމެނެ އެވެ.

"ކަލްކީ" އަކީ އަލަތު ދަރިފުޅަށް މިހާރު ބަލިވެއިން ދީޕިކާގެ މި އަހަރުގެ ދެވަނަ ފިލްމެވެ. މި އަހަރު ގެނެސްދިން އޭނަގެ ފުރަތަމަ ފިލްމަކީ ޖެނުއަރީގައި ރިލީޒްކުރި ރިތިކް ރޯޝަންގެ "ފައިޓާ" އެވެ. އަދި އޮގަސްޓް 15 ގައި ރަންވީރު ސިންގުގެ އަންހެނުންގެ ތިން ވަނަ ފިލްމު "ސިންގަމް އެގެއިން" އަންނާނެ އެވެ.