Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

އިންޓަނޭޝަނަލް ކްރިއޭޓިވް ސްކޫލަކަށް ހުޅުވާލައިފި

ރާއްޖޭގައި އިންޓަނޭޝަނަލް ސްކޫލް އޮފް ކްރިއޭޓިވް އާޓްސްއެއް ގާއިމު ކުރަން ނިންމައި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ފުރުސަތު ހުޅުވައިލީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ފަރާތްތަކަށް ކަމަށެވެ. އީއޯއައި ހުށަހަޅަން ޖެހެނީ ޖޫން 30 ގެ ކުރިންނެވެ. މިކަމާ ގުޅޭ ގޮތުން އެއްވެސް ސުވާލެއް އޮތް ނަމަ މި މެއިލް [email protected] އަށް ޖޫން 25 ގެ ކުރިން ފޮނުވައިގެން މައުލޫމާތުތައް ސާފު ކުރެވޭނެ އެވެ.

މިނިސްޓްރީން ބުނީ ކްރިއޭޓިވް އާޓް ސްކޫލްގެ ބޭނުމަކީ އާޓްސްގެ ދާއިރާ އިން މީހުން ބިނާކުރުމާއި އެ ދާއިރާ އިން ކުރިއަށް ދާން ޝައުގުވެރިވާ މީހުންނަށް ބޭނުންވާ ފުރުސަތުތަކާއި ވަސީލަތްތައް ގާއިމުކޮށް ދިނުމެވެ. އެގޮތުން މިކަމަށް ކުރިމަތިލާ ފަރާތްތަކަށް ސްޕެޝަން އިކޮނޮމިކް ޒޯން (އެސްއީޒީ) ފްރޭމްވޯކްގެ ތެރެއިން ހާއްސަ އިނާޔަތްތަކެއް ހަމަޖައްސައި ދެވޭނެ ކަމަށެވެ.