Last Updated: May 17, 07:03
Friday, May 17, 2024
ޚަބަރު

މުޅި ރާއްޖެ ވައިޓް އެލާޓްގައި

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މިއަދު މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ މެންދުރު 12:00 އާ ހަމައަށެވެ. އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކީ ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ބައެއް ހިސާބުތަކަށް އަންނަނީ ޔެލޯ އެލާޓް ވެސް ނެރެމުންނެވެ. މީގެ ދެ ދުވަހެއް ކުރިން އައްޑު ކުރި ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި، ފޭދޫގެ 40 އަށް ވުރެ ގިނަ ގެތަކަށް ފެންވަދެ، ގެއްލުންވެފައިވެ އެވެ.

މިކަމާ ގުޅިގެން ބައެއް މީހުން ވަގުތީ ހިިޔާތަކަށް ވެސް ބަދަލު ކުރަން ޖެހުނެވެ.