Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ފުވައްމުލަކުގައި އެކްސިޑެންޓްވި މީހަކު އައިސީޔޫގައި

ފުވައްމުލަގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނީ ރޭ 10:48 ހާއިރު ދެ ސައިކަލް ޖެހިގެން ހިނގި އެ އެކސިޑެންޓުގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އެކްސިޑެންޓު ހިނގާފައި ފުވައްމުލަކު މައިމޫނާ ވިލާ ވާދީގެ ކައިރިން ދެ ސައިކަލު ޖެހިގެންނެވެ.

އެކްސިޑެންޓުގައި އަނިޔާވީ ތިން މީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު އޭގެ ތެރެއިން އެކަކަށް ފަރުވާދެމުން އަންނަނީ ފުވައްމުލަކު ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ. ނަމަވެސް އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.

ފަހަކަށް އައިސް ފުވައްމުލަކުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.