Last Updated: June 12, 20:40
Friday, June 12, 2026
ޚަބަރު

ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު ގެއްލިއްޖެ

ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު ގެއްލިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ބަންޑުން ޖަހައިލީ ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެ އަށް ދަތުރުކުރި "ލިއޯ ޕާލް" ނަމަކަށް ކިޔާ ކޮޅުވެއްޓިއެއް ކަމަށެވެ. އެ އުޅަނދު ބަންޑުން ޖަހާލުމުން އެއިން ދަތުރުކުރި ފަސް މީހުންގެ ތެރެއިން އެކަކު ގެއްލިފައިވާތީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކެންޑް ސްކޮޑްރަން އިން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފުން ބުނީ އެ ކޮޅުވެއްޓިން ދަތުރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުން ކަނޑުވެފައި ވަނިކޮށް ރޭ ފަތިހު ސީ އެމްބިއުލާންސަށް ނަގާފައި ކަމަށެވެ. އަދި ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތުގައި ފާސްޓް އިންޓަސެޕްޓާ ކްރާފްޓް ހަކުރާ އަންނަނީ ހަރަކާތްތެރިވަމުން ކަމަށް ބުންޏެވެ.