Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

ނަސީރު ފިނޭންސުން ފޮރިން މިނިސްޓްރީ އަށް ބަދަލުކޮށްފި

ކުރިން މޯލްޑިވްސް މަނިިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގަވަރުނަރުކަން ވެސް ކުރެއްވި އަހުމަދު ނަސީރު މިހާރު ފިނޭންސް މިނިސްޓްރީގައި ވަޒީފާ އަދާކުރައްވަމުން ގެންދަވަނިކޮށް ފޮރިން މިނިސްޓްރީ އަށް ބަދަލުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގައި އޭނަ ހުންނެވީ މިނިސްޓަރުގެ ފެންވަރުގައި މިނިސްޓަރުގެ އެޑްވައިޒަރަކަށެވެ. ނަސީރު ފޮރިން މިނިސްޓްރީ އަށް ބަދަލުކޮށްފައި ވަނީ މިދިޔަ ހަފުތާގަ އެވެ. އަދި އޭނަގެ އާ މަގާމަކީ އެމްބެސެޑާ އެޓް ލާޖްގެ މަގާމެވެ.

ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް ނަސީރު އައްޔަންކުރީ މިދިޔަ ޑިސެމްބަރު 12 ގަ އެވެ.