'އޮޅުވާލި ކަރަންޓު- ފޮރުވާލި ސަބްސިޑީ' ގެ ނަމުގައި މިއަދު ހިތަދޫގައި ކުރި މުޒާހަރާއަށް ފުލުހުންގެ ފަރާތުން ވަނީ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައެވެ.
މިގޮތުން މުޒާހަރާގެ ބައިވެރިން ފެނަކަ ކުރިމަތީގައި މުޒާހަރާ ކުރަމުންދިޔަ އިރު ފުލުހުން ވަނީ އެސަރަހައްދުގައި ސަލާމަތީ ކަންތައް ވަރަށް ރަނގަޅަށް ބަލަހައްޓާފައިކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން މުޒާހަރާގެ ބައިވެރިން ހިތަދޫގެ ބައެއް މަގުތަކުގައި ހިނގާފައި ދިޔައިރުވެސް ފުލުހުން ވަނީ މަގުތަކުގައި ޓްރެފިކް ބެލެހެއްޓުމުގައި ހަރަކާތްތެރިވެފައެވެ.
ހިތަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ފުލުހަކު 'އައްޑޫލައިވް' އަށް މައުލޫމަތު ދެމުން ބުނިގޮތުގައި އައްޑޫގައި މީގެ ކުރިން ބޭއްވި ބައެއް ސިޔާސީ ބައްދަލުވުންތަކުގެ ތެރެއަށް ގްރޫޕްތަކުން ވަދެ ހަމަނުޖެހުން ހިންގާފައިވާތީ މުޒާހަރާތަކާއި ސިޔާސީ އެއްވުންތަކުގައި ސަލާމަތީކަންތައް ބެލެހެއްޓުމަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭކަމަށެވެ.

އަދި ސުލްޙަވެރި ސިޔާސީ ޙަރަކާތްތައް ހިންގަވާ ފަރާތްތަކަށް ދޭންޖެހޭ ރައްކާތެރިކަން ދިނުމަށް ފުލުހުން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށެވެ.
މިއަދުގެ މުޒާހަރާގައި ވާހަކަ ދެއްކެވި ބައެއް ފަރާތްތަކުން ވަނީ ފުލުހުންގެ ފަރާތުން ލިބެމުން ދިޔަ އެއްބާރުލުމަށް ޝުކުރު ދަންނަވާފައެވެ.
އަދި ޖަޕާން ސަރުކާރުން އައްޑޫ ރައްޔިތުންނަށް ހަދިޔާކޮށްފައިވާ އިންޖީނުގެ ފެނަކަ ކޯޕަރޭޝަނޭނަށް ނުހިންގޭ ނަމަ އެތަން ރައްޔިތުންގެ ބެލުމުގެ ދަށައް ގެންނާނެ ކަމަށާއި، އެކަމުގައި ވެސް ފުލުހުންގެ އެހީތެރިކަން ލިބޭނެ ކަމުގެ އިންމީދު އޮތްކަމަށް މުޒާހަރކާގެ ބައިވެރިން ވަނީ ބުނެފައެވެ.