Last Updated: May 18, 09:44
Saturday, May 18, 2024
ޚަބަރު

ދުއްވަމުން ދިޔަ ކާރެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް

ހުޅުމާލޭގައި ރޭ ދުއްވަމުން ދިޔަ ކާރެއްގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.

ހުޅުމާލޭގެ ފޭސް ދޭއްގައި ހިނގި މި ހާދިސާގެ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ. އޭގައި ފެންނަނީ ހުދު ކުލައިގެ ޕްރައިވެޓް ކާރެއްގެ ކުރީކޮޅުގައި ވަރަށް ބޮޑަށް ރޯވެފައިވާ ތަނެވެ. އަދި އަލިފާންގަނޑު ނިއްވަން ބަޔަކު އަލިފާން ނިއްވާ ފުޅި ބޭނުންކޮށްގެން މަސައްކަތް ކުރާ ތަން ވެސް ފެނެ އެވެ.

އެ ހާދިސާ ހިނގި ސަރަހައްދުގައި އެ ވަގުތު ފުލުހަކު ވެސް ހަރަކާތްތެރިވަމުން ދިޔަ ތަން ފެނެ އެވެ. ނަމަވެސް ކާރުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ފޭސް ދޭއްގައި، ކާރެއްގައި އަލިފާން ރޯވުމުން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވި ކަމަށް ބުނެފައިވެ އެވެ.