Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

އަދީބުއަށް ގުޅުމަށް ރައީސް ޔާމީން ނާޒިމަށް ވިދާޅުވި!

ކުރީގެ ޑީފެންސް މިނިސްޓަރ ކާނަލް ނާޒިމް.

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ ގެކޮޅު ފާސްކުރުމަށް ދަންވަރު ގަޑިއެއްގައި ފުލުހުން ވަން މައްސަލަ ރައީސް ޔާމީން އަށް ދެންނެވުމުން ، ޓޫރިޒަމް މިނިސްޓަރ އަދީބުއަށް ގުޅުމަށް ރައީސް ޔާމީން ދެންނެވިކަން 'އައްޑޫލައިވް' ވަރަށް އިތުބާރު ހުރިގޮތަކަށް އެނގިއްޖެއެވެ.

ސަރުކާރުގެ އޮފިޝަލަކު ބުނިގޮތުގައި ކާނަލް ނާޒިމްގެ ގެކޮޅަށް ފުލުހުން ވަން މައްސަލައިގައި ރައީސް ޔާމީން އަށް ނާޒިމް ގުޅުމުން އެކަމާއި ގުޅޭ އެއްވެސް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އަދި އެކަމާއި ބެހޭގޮތުން އަދީބުއަށް ގުޅުމަށް ނާޒިމް އަށް ރައީސް ޔާމީން ދެންނެވި ކަމަށް ވެއެވެ.

އޮފިޝަލް އިތުރަށް ބުނިގޮތުގައި، ކާނަލް ނާޒިމް އަދީބުއަށް ގުޅާފައި ނުވާ ކަމަށާއި ނަމަވެސް ފަހުން އަދީބު އަމިއްލައަށް ނާޒިމް އަށް ގުޅި ކަމަށެވެ. ނަމަވެސް ނާޒިމް ވަނީ އަދީބު އާއި ވާހަކަ ދެއްކުމަށް ދެކޮޅު ހަދާފައިކަމަށް 'އައްޑޫލައިވް' އާއި ވާހަކަ ދެއްކި އޮފިޝަލް ވަނީ ބުނެފައެވެ.

ކާނަލް ނާޒިމްގެ ގެއިން ފެނުނު ހަތިޔާރަކީ ގެ ފާސްކުރަން ދިޔަ ފުލުހުން އެގެއަށް ގެންދިޔަ އެއްޗެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުންދާއިރު އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ވެސް ވަނީ ނާޒިމް ހުންނެވީ ފްރޭމްކޮށްފައި ކަމަށާއި އެކަން ކުރި ބަޔަކު ރައީސް ޔާމީން އަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ބުނެފައެވެ.