Last Updated: June 10, 14:00
Wednesday, June 10, 2026
ޚަބަރު

މަސައްކަތްތެރިންގެ ހައްޤުގައި އެމްޑީޕީ ދެމިތިބޭނެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: އެމްޑީޕީ

މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރު ކޮށްދިނުމުގައި އެމްޑީޕީ ދެމިތިބޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް ސޯލިހް ވިދާޅުވީ މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރު ކުރުމަށް ކުރެވުނު މަސައްކަތްތަކާ މެދު އެމްޑީޕީ ފަހުރުވެރިވާކަމަށެވެ. އެ މަސައްކަތްތަކުގެ ތެރެއިން މިނިމަމް ވޭޖް ތައާރަފް ކުރެވުނުކަން ސޯލިހް ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން ސޯލިހް ވިދާޅުވީ ކުރިއެކޭ އެއްގޮތަށް މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރު ކޮށްދިނުމުގައި އެމްޑީޕީ ދެމި އޮންނާނެ ކަމަށެވެ.

ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 1 ވަނަ ދުވަސް ފާހަގަ ކުރަމުން އަންނަނީ ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހުގެ ގޮތުގައެވެ.

ރާއްޖޭގައި ރަސްމީގޮތެއްގައި މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަން ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރުއެވެ.