Last Updated: June 10, 14:00
Wednesday, June 10, 2026
ޚަބަރު

ފޮރިން މިނިސްޓަރު އަންނަ ހަފުތާގައި އިންޑިއާއަށް

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު - ފޮޓޯ: ރައީސް އޮފީސް

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަންނަވާގޮތަށް ހަމަޖައްސަވައިފިއެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން ފޮރިން މިނިސްޓަރު ޒަމީރު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހަފުތާ ބުރާސްފަތި ދުވަހުއެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންފަހުން ސަރުކާރުގެ އިސް އޮފިޝަލަކު އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުން މިނިސްޓަރު ޒަމީރުގެ މި ދަތުރުފުޅުގައި އިންޑިއާގެ ފޮރިން ސެކްރަޓަރީ ޖައިޝަންކަރުއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރާނެއެވެ.

ފޮރިން މިނިސްޓަރު ޒަމީރު އަދި އިންޑިއާގެ ފޮރިން ސެކްރަޓަރީ ޖައިޝަންކަރު މިއަހަރު ޖެނުއަރީ މަހުވެސް އުގާންޑާގައި ބައްދަލުކުރެއްވިއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ޗައިނާއާ ގާތްގުޅުމެއް ބާއްވާ ކަމަށްބުނެ އިންޑިއާގެ ފާޑުކިޔުންވެސް އަމާޒުވެފައިވެއެވެ.