Last Updated: June 28, 12:01
Sunday, June 28, 2026
ޚަބަރު

ސައްމާހް އަދިވެސް ހެއެއް ނާރާ!

ރޭ ދަންވަރު 1:30 ހާއިރު ފެދޫ ބޮޑު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާ ލިބުނު ހިތަދޫ ފަސްމާ އަހްމަދު ސައްމާހް އަދިވެސް ހެއެއް ނާރާ ކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.

އައިޖީއެމްއެޗުގެ އިސް އޮފިޝަލަކު ވިދާޅުވީ އަހުމަދު ސައްމާހުގެ ކަނާތު ފައި ބިންދައިގެން ގޮސްފައިވާ ކަމަށާއި އިތުރު ޓެސްޓްތައް ހެދުމަށް ސީޓީ ސްކޭނެއް ހެދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
10929904_10152912730043661_2991697119666184744_n

ކާރެއް އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ކޮންޓްރޯލުން ނައްޓައިގެން ގޮސް ފާރުގައި ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލްގެ ފަހަތުގައި ހުރި ހިތަދޫ ޗަރުކޭސީގޭ މަމްދޫން އަހްމަދު އަލި ދީދީވަނީ އެކްސިޑެންޓްވިތާ ކުޑަިއރުކޮޅެއްގެ ތެރޭގައި ނިޔާވެފައެވެ.

ސައްމާހް އިތުރު ފަރުވާއަށް މާލެ ފޮނުވާލާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.