Last Updated: May 18, 18:49
Saturday, May 18, 2024
ޚަބަރު

އިތުރު 5 އަތޮޅެއްގައި "ސްމާޓް މީޓާ" ޕްރޮޖެކްޓް ފަށައިފި

ކަރަންޓް ބިލަށް އަރާ ވަރު ވަގުތުން ބެލޭ ގޮތް ހަމަޖެއްސުމުގެ ގޮތުން ފެނަކަ އިން ފަށާފައިވާ "ސްމާޓް މީޓާ" ޕްރޮޖެކްޓްގެ ދަށިން އިތުރު ފަސް އަތޮޅެއްގައި އެ ސިސްޓަމްގެ މަސައްކަގް ފަށައިފި އެވެ.

އެ ފަސް އަތޮޅަކީ މ، ފ، ދ، ޏ، އަދި ބ އަތޮޅެވެ.

ފެނަކަ އިން ބުނީ މިއީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމަށް ކުރިއަށް ގެންދާ މަސައްކަފތެއް ކަމަށެވެ. އެގޮތުން މިހާރު ބޭނުންކުރާ މީޓަރު ސްމާޓް މީޓަރަށް ބަދަލުކޮށް، ރިމޯޓްކޮށް މީޓަުރ ރީޑިން ނެގުމާއި، ޑާޓާ ކަލެކްޓް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ފެނަކަ އިން ބުނެފައިވާ ގޮތުގައި "ސްމާޓް މީޓާ" ޕްރޮޖެކްޓެ ފަށުން ދ. ކުޑަހުވަދޫގައި މިކަމާ ގުޅޭ މަސައްކަތްތައް މިހާރު އޮތީ ނިމިފަ އެވެ. އެ ކުންފުނިން ބުނީ މީގެ ސަބަބުން ކަސްޓަމަރުންނަށް ކަރަންޓް އިގުތިސާދުކުރަން ބާރަކަށް ވާނެ ކަމަށެވެ.