Last Updated: June 12, 20:40
Friday, June 12, 2026
ޚަބަރު

"ބިންވެރިޔާ" ސްކީމުން 526 ގޯތި ދޫކޮށްފި

ކުރީ ސަރުކާރުން ފެށި "ބިންވެރިޔާ ސްކީމް" ގެ ދަށުން މިހާތަނަށް 526 ގޯތި ހުޅުމާލެއިން ދޫކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލު ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ. އެގޮތުން އިތުރު 14 ގޯއްޗެއް މިދިޔަ ހަވާލުކޮށްފައިވާ ކަމަށް ބުންޏެވެ.

އެއީ މިދިޔަ މަހުގެ 30 ގައި ހަވާލުކުރި ހަ ގޯއްޗަކާއި އިއްޔެ ހަވާލުކުރި އަށް ގޯއްޗަކާ އެކީގަ އެވެ.

"ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހިން 1،380 ގޯތި ދޫކުރުމަށް އޮތީ ސޮއިކޮށްފައެވެ. މި ސްކީމްގެ ދަށުން ގޯތި ދެނީ ހުޅުމާލެ ފޭސް ދޭކާއި އަލަށް ހިއްކަމުން އަންނަ ތިން ވަނަ ފިޔަވައްސާއި ގުޅިފަޅާއި ގިރާވަރުފަޅުންނެވެ. އެ ތަންތަނުން 9،000 ގޯތި ދޭނެއެވެ.