Last Updated: May 18, 20:05
Saturday, May 18, 2024
ޚަބަރު

އިތުރު އެހީ ހޯދަން އަބޫ ދާބީ ފަންޑާ މަޝްވަރާކޮށްފި

ރާއްޖޭގެ ތަރައްގީގެ އިިތުރު މަޝްރޫއުތަކަށް ބޭނުންވާ ފައިސާ އަބޫދާބީ ފަންޑު ފޮ ޑިވެލޮޕްމަންޓް އޭޑީއެފްޑީ) އިން އެހީ ހޯދަން މަޝްވަރާކޮށްފި އެވެ.

އެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައު ވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ޔޫއޭއީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި އޭޑީއެފްޑީގެ ޑިރެކްޓާ ޖެނެރަލް ސައިފް އަލް ސުވައިދީއާއާ އެކީ ބޭއްވި ބައްދަލުވުމުގެ ތެރޭގަ އެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ބުނީ ސަރުކާރުން ހިންގަން ނިންމާފައިވާ ތަރައްގީގެ ބައެއް މަޝްރޫއުތަކަށް ފަންޑުގެ އެހީތެރިކަން ހޯދުމަށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ނަމަވެސް އިތުރު ތަފުސީލުތަކެއް މިނިސްޓްރީއަކުން ނުދެ އެވެ.

ބައްދަލުވުމުގައި އަބޫދާބީ ފަންޑުން ޒަމާނުއްސުރެ ރާއްޖޭގެ ތަރައްގީއަށް ދެމުން އަންނަ އެހީތެރިކަމަށް ޒަމީރު ޝުކުރު އަދާކުރައްވާފައިވެ އެވެ.

އޭޑީއެފްޑީގެ އެހީގައި މިހާރު ކުރިއަށްދާ ވެލާނާ އެއާޕޯޓާއި މާފަރު އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުތަކަށް އިޝާރާތްކޮށް ފޮރިން މިނިސްޓްރީން ބުނީ އެ މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ކުރިއެރުން އައިސް ބޭރުގެ އިންވެސްޓުމަންޓުތައް އިތުރުވެ، އިގުތިސޯދުގެ ވިލުންވެރިކަން އިތުރުކުރެވޭނެކަން ބައްދަލުވުމުުގައި މިނިސްޓަރު ފާހަގަކުރެއްވި ކަމަށެވެ.