މާޗް މަހުގެ 31 ވަނަ ދުވަހު ސ. ހިތަދޫ ލިންކް ރޯޑްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވެގެން އިތުރު ފަރުވާ އަށް ސްރީ ލަންކާ އަށް ފޮނުވި ސައިފުﷲ އަލީގެ ވާތް ފަރާތު ލޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާތީ، އެ ލޮލަށް ފެނުމުގެ އުންމީދު ޑޮކްޓަރުންގެ ނެތް ކަމަށް އާއިލާއިން ބުނެފައިވާ ކަމަށް ބައެއް މީޑިޔާ ތަކުން ރިޕޯޓްކޮށްފިއެވެ.
ސައިފުﷲ ގެ ވާތު ލޮލާ ދިމާލުން ކަށިގަނޑެއް ބިންދައިގެން ގޮސްފައި ވާތީ އެތަން މިހާރު އޮޕަރޭޝަން ކޮށް ލަންކާ ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ އިރު، އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް އާއިލާގެ މެންބަރަކާއި ހަވާލާދީ ދުވަހު ނޫސް 'ހަވީރު'ގައި ބުނެފައިވެއެވެ.
ސައިފުﷲ ދުއްވި ސައިކަލް، އެކްސިޑެންޓްވިއިރު އަނެއް ސައިކަލްގައި އިން ހިތަދޫ ހޭވާ މުހައްމަދު އަޔާދު 16، ވަނީ އެ ހާދިސާގައި ލިބުނު އަނިޔާތަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނިކޮށް މަރުވެފަ އެވެ.