Last Updated: June 12, 02:23
Friday, June 12, 2026
ޚަބަރު

ތަމްރީނަށް ދިޔަ ދެވަނަ ބެޗްގައި 18 ބައިވެރިން

އިލްމުވެރިންނާއި އިމާމުންނާއި ޚަޠީބުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުޞަތުގެ ދަށުން ދެވަނަ ބުރުގެ ބައިވެރިން މިއަދު ފުރައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު މެމްދުރު ފަހު ސައޫދީ އަރަބިއްޔާ އަށް ފުރި ބެޗްގައި 18 ބައިވެރިން ހިމެނޭ ކަމަށެވެ. މި ބެޗްގެ ދަތުރު ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 14 އާ ހަމައަށެވެ. މިދަތުރުގައި ޢިލްމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ އިތުރުން މައްކާ އާއި މަދީނާގެ ޚާއްސަ ތަންތަނަށް ވެސް ބައިވެރިން ޒިޔާރަތްކުރާނެ އެވެ.

އިލްމުވެރިންނާއި އިމާމުންނާއި ޚަޠީބުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުޞަތުގެ ދަށުން ފުރަތަމަ ބުރު ކުރިއަށް ގެންދިޔައީ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެ ފަހަރު ސައުދީ އަށް ދިޔަ ޓީމްގައި 20 ބައިވެރިން ހިމެނެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އިމާމުންނާއި ޚަޠީބުން ތަމްރީނުކުރަން މި އަހަރުގެ ތެރޭގައި މިސްރާއި މެލޭޝިއާ އާއި ބުރޫނާއި އަސި އިންޑޮނޭޝިޔާ ވެސް ފޮނުވާނެ އެވެ.