Last Updated: May 18, 12:02
Saturday, May 18, 2024
ޚަބަރު

6 ބައި-އިލެކްޝަނެއްގެ ވޯޓުލުން ފަށައިފި

ފޮޓޯ: އިލެކްޝަންސް ކޮމިޝަން

މިއަދު ކުރިއަށްގެންދާ 6 ބައި-އިލެކްޝަނެއްގެ ވޯޓުލުން ފަށައިފިއެވެ.

މިއަދު ކުރިއަށްދަނީ މ. މަޑުއްވަރީ ކައުންސިލްގެ ރައީސް، ހއ. އުތީމު، ނ. ލަންދޫ، ނ. ވެލިދޫ ކައުންސިލްގެ މެންބަރު އަދި ހއ. ތަކަންދޫ، ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގެ ވޯޓުލުމެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ހެނދުނު 08:00 އިން ހަވީރު 04:00 އަށް ކުރިއަށްދާނެ ކަމަށެވެ.

މި 6 ބައި-އިލެކްޝަނަށް މާލޭގައި ތިން ވޯޓު ފޮށްޓެއް ބަހައްޓާފައިވެއެވެ. 3 ވޯޓު ފޮށިވެސް ބަހައްޓާފައިވަނީ ދަރުބާރުގޭގައެވެ. މީގެއިތުރުން މ. މަޑުއްވަރި، ހއ. އުތީމު، ނ. ލަންދޫ، ނ. ވެލިދޫ، ހއ. ތަކަންދޫ އަދި ރ. އިންނަމާދޫ ގައިވެސް ވޯޓު ފޮށި ބަހައްޓާފައިވެއެވެ.