Last Updated: May 18, 12:02
Saturday, May 18, 2024
ޚަބަރު

ވިޔަފާރި ރަޖިސްޓްރީ އަވަސްކޮށް ދޭން އެއްބަސްވުމެއް

ވިޔަފާރި ރަޖިސްޓްރީކޮށް ދިނުމުގެ ހިދުމަތް އަސްކޮށް މިހާރަށް ވުރެ ފަސޭހައިން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެެއްބަސްވުން ހަދާފައި ވަނީ އިކޮނިމިކް މިނިސްޓްރީ އާއި މޯލްޑިވްސް އިސްލާމިކް ބޭންކް އެމްއައިބީ) އާ ދެމެދު އެވެ.

އެއްބަސްވުމުގެ ދަށުން، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޚިދުމަތް އަވަސްކުރުމުގެ އިތުރުން ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި މަޢުލޫމާތުގެ ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރެވޭނެ އެވެ. އެގޮތުން ޚިދުމަތް ދޭން ބޭނުންކުރާ "ބޮލި" އޭޕީއައި ފަރުމާކޮށްފައި ވަނީ ވިޔަފާރިތަކާއި، ޚިދުމަތް ހޯދާ ފަރާތްތައް ގުޅުވައިލަދޭނެ މުހިންމު ބައިތަކެއް ވެސް ހިމެނޭ ގޮތަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

މިކަމާ ގުޅޭ ގުޅޭ ގޮތުން އިކޮނިމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ މިނިސްޓްރީގެ އެޕްލިކޭޝަން ޕްރޮގްރާމިން އިންޓަފޭސް، އޭޕީއައި މެދުވެރިކޮށް އެމްއައިބީ އަށް ކަސްޓަމަރުގެ ޑޭޓާތައް ފަސޭހަކަމާ އެކު ވެރިފައިކުރެވޭނެ ކަމަށެވެ. އެހެންވެ ދެން ވިޔަފާރިތަކަށް ބޭންކު އެކައުންޓުތައް ހުޅުވުމަށް ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.