Last Updated: May 18, 09:13
Saturday, May 18, 2024
ޚަބަރު

އަމާޒަކީ ރާއްޖެ ބިލިއާޑް ހަބަކަށްވުން: ރާފިއު

ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ވަރުގެ ޕޫލް ބިލިއާޑު ހަބެއް ރާއްޖޭގައި ގާއިމު ކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

"މޯލްޑިވްސް އޯޕަން 1-ބޯލް ޗެމްޕިއަންޝިޕް" ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރާއްޖެ އަކީ ޕޫލް ބިލިއާޑުގެ ހަބެއްގެ ގޮތުގައި ދުނިޔެއަށް ދައްކަން ބޭނުންވާ ކަމަށާއި އެކަން ކާމިޔާބުކުރެވޭނީ ޓްރެވަލް ޑެސްޓިނޭޝަނެއްގެ ގޮތުގައި ދުނިޔޭގެ މަގުބޫލު މަންޒިލަކަށް ރާއްޖެވުމުން ކަމަށެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ ޕޫލް ބިލިއާޑުގެ ދުނިޔޭގެ ފެންވަރު ހަބެއް ރާއްޖޭގައި ގާއިމުކުރުން. ރާއްޖެއަކީ އެކަން ކުރެވޭނެ ގައުމެއްކަން މިހާރު ޕުރޫފްކޮށް ދީފި." މިނިސްޓަރު ވިދާޅުވި އެވެ.

"މޯލްޑިވްސް އޯޕަން ޗެމްޕިއަންޝިޕް" އަކީ އަންނަ މަހުގެ 10 ގައު ފަށަން ހަމަޖެހިފައިވާ މުބާރާތެކެވެ. މުބާރާތް ކުރިއަށް ދާނީ ޖޫން 10-14 އަށް މާލޭ ޕޫލް ބޯލް ހޯލުގަ އެވެ. މުބާރާތުގައި 96 ކުޅުންތެރިން ވާދަކުރާނެ އެވެ. އެގޮތުން ބޭރުހެ 80 ކުޅުންތެރިންނާ އެކު މުބާރާތުގައި 16 ދިވެހި ކުޅުންތެރިން، އެކި ކެޓެގަރީތަކުގައި ވާދަކުރާނެ އެވެ.

މި އަހަރުގެ މުބާރާތަގައި ދުނިޔޭގެ ފަސް ޗެމްޕިއަނަކު ވާދަކުރަން ވެސް ހަމަޖެހިފައިވެ އެވެ. ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީގައި އުޅޭ ކުޅުންތެރިންނާއެކު، އޭޝިއާގެ އެންމެ މޮޅު ކުޅުންތެރިން މި އަހަރުގެ މުބާރާތުން ފެނިގެންދާނެ އެވެ. އަދި ޔޫރަޕުގެ ކުޅުންތެރިން ހިމެނޭހެން މި މުބާރާތުގައި 25 ގައުމެއްގެ ކުޅުންތެރިން ވާދަކުރާނެ އެވެ.

ރާއްޖޭގައި މިދިޔަ އަހަރު އަލަށް ބޭއްވި ފުރަތަމަ ބައިނަލްއަގުވާމީ ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޗައިނީސް ޓައިޕޭގެ ކޯ ޕިން ޗަންގް އެވެ.

"މޯލްޑިވްސް އޯޕަން 2024" އަލީ ރާއްޖޭގައި މި އަހަރު ބާއްވާ ދެވަނަ ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތެވެ.