މި ފަހުން ވިޔަފާރި ވަރަށް ބޮޑަށް ދަށްވެފައި އޮތް ޗައިނާގެ ވާވޭ ކުންފުނީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ އާމްދަނީއާ އެކީ، ހިނިތުބްވުން ގެނެސް ދީފި އެވެ.
ސްމާޓްފޯނާއި އެ ނޫން ވެސް ޓެކްނޮލޮޖީއާ ގުޅުން ހުރި ގިނަ އުފެއްދުންތައް ވިއްކާ ކުންފުނީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 19.65 ބިލިއަން ޔުއާން 2.71 ބިލިއަން ޑޮލަރު) ވަނީ ލިބިފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު، 564 ޕަސެންޓްގެ ކުރިއެރުމެވެ.
އަހަރުގެ ފުރަތަމަ ކުއާޓަރުގެ ފައިދާއާ އެކީ ވާވޭ ހެއްވައިލި ނަމަވެސް އާމްދަނީ އެހާ ބޮޑު އިތުރުވެގެން ދިޔައީ ކޮންކޮން އުފެއްދުންތަކެއްގެ ވިޔަފާރި ރަނގަޅުވެގެން ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ ކުންފުނިން ބުނީ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ޖުމްލަ އާމްދަނީ އަށް 178.5 ބިލިއަން ޔުއާން އެރި ކަމަށެވެ. އެއީ އެއީ 37 ޕަސެންޓްގެ ކުރިއެރުމެކެވެ.
ވާވޭގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އުންމީދުކުރި ވަރަށް ވުރެ އާމްދަނީ ރަނގަޅުވީ މުހިއްމު ތިން ސަބަބަކާ ހެދި ކަމަށެވެ. އެހެންވެ މި ކުރިއެރުން ވާވޭ އިން ގުޅުވީ ކުންފުނީގެ ހިންގުމަށް ގެނައި "ޑިޖިޓައިލޭޝަނާއި އިންޓެލިޖެންސްގެ އިތުރުން ޑިކާބަނައިޒޭޝަން" އާ އެވެ.
ވާވޭ އަކީ މި ފަހުން އެމެރިކާ އާއި ހުޅަނގުގެ ވަރަށް ބޮޑެތި ފިއްތުންތަކާ ހެދި ވިޔަފާރި ވަރަށް ބޮޑަށް އަޑިއެޅި ކުންފުންޏެކެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހޯދި ކުރިއެރުމާ އެކީ ވާވޭ ދައްކުވައި ވަރުގަދަ އެނބުރި އަންނާނެކަމެވެ.