Last Updated: June 10, 14:00
Wednesday, June 10, 2026
ޚަބަރު

އަންހެން ހެދުން އަޅައިގެން އުޅުނު މީހާގެ 15 ދުވަސް

ކްރިމިނަލް ކޯޓު --

ސޯޝަލްމީޑިއާ ޕްލެޓްފޯމް، ޓިކްޓޮކުގައި އަންހެން ހެދުން އަޅައިގެން އުޅުނު މީހާގެ ބަންދަށް 15 ދުވަސް ދީފިއެވެ.

ފުލުހުން އިއްޔެ ބުނެފައިވަނީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަންކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލްމީޑިއާގައި ވީޑިއޯ ޝާއިއުކުރަމުންދިޔަ 39 އަހަރު ދިވެހި ފިރިހެނެއް ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދު މުއްދަތު ޖެހުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) އެވެ. މީގެކުރިން އޭނާ ވަނީ ބަރަހަނާ ފޮޓޯ އާއި ފާޅުކަން ބޮޑު ގޮތެއްގައި އޮރިޔާންކާޑު އުފައްދާ އާންމު ކުރި މައްސަލާގައި އެއް އަހަރާއި އެއް މަހާއި ހަ ދުވަހަށް ޖަލަށް ލާފައެވެ.