Last Updated: June 10, 14:00
Wednesday, June 10, 2026
ޚަބަރު

ފަރަށް އެރި ބޯޓު ފުންކޮށްފި

ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރަނިކޮށް ރޭ ފަރަށް އެރި ބޯޓު ފުންކޮށްފިއެވެ.

ފަރަށް އަރާފައިވަނީ މުދާ ބަރުކޮށްގެން، 16 މީހުންނާ އެކު މާލެއިން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ "ރޯޝަނީ" ބޯޓެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ "ރޯޝަނީ" ބޯޓް މިއަދު 11:10 ހާއިރު ފުންކުރެވިފައިވާ ކަމަށެވެ.

މި ބޯޓް ފުންކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ޑައިވަރުންނާއެކު ބޯޓުގެ ފަޅުވެރިން ހަރަކާތްތެރިވެފަައިވާ ކަމަށްވެސް އެމްއެންޑީއެފްއިން މައުލުމާތުދެއެވެ.

މި ހާދިސާގައި ބޯޓަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެއެވެ.