Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

ފައިނޭންސް އޮތޯރިޓީގެ ލޯގޯ ދައްކާލައިފި

މި ސަރުކާރުން އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަަސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ) ގެ ލޯގޯ ދައްކާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އެ އިދާރާގެ ލޯގޯ އާންމުކުރީ މިނިސްޓަރު މުހައްމަދު ސައީދުގެ ސޯޝަލް މީޑިއާ ޕޯސްޓެއްގަ އެވެ.

އެމްއައިއެފްއެސްއޭގެ ގަވަނިން ބޯޑުގެ ޗެއާޕާސަނަކީ ކުރީގެ ނައިބު ރައީސް އަދި ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި އަބްދުﷲ ޖިހާދެވެ.

މި އޮތޯރިޓީ ރައީސް ޑރ. މުހައްމަދު މުއިއްޒި އުފެއްދެވީ ޖެނުއަރީ 21 ގަ އެވެ. މިއީ ގާނޫނުގައި ފާހަގަކޮށްފައިވާ އޯފް-ޝޯ ފައިނޭންސިން އާއި އޮން-ޝޯ ފައިނޭންސިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވައިލުމަށް އިދާރާއެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.