Last Updated: May 20, 01:49
Sunday, May 19, 2024
ޚަބަރު

އެތުލެޓިކްސްގެ ހިންގާ ކޮމިޓީ އަށް ހުޅުވާލައިފި

އެތުލެޓިކްސް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވާތީ ކުރިމަތިލާން ހުޅުވާލައިފި އެވެ.

ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. އިންތިހާބު އޮންނާނީ މި މަހު 24 ގަ ހެވެ.

ހިންގާ ކޮމިޓީގައި ތިބޭނީ އެސޯސިއޭޝަންގެ ރައީސް، ނައިބު ރައީސް، ހަޒާންދާރު، ހިންގާ ކޮމިޓީގެ ތިން މެންބަރުންގެ އިތުރުން ކޮމިޓީއަށް އިންތިހާބުކުރާ އަންހެން މެންބަރެވެ.

މިދިޔަ ތިން ދައުރުގައި ވެސް އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސަކީ މިހާރުގެ ސްޕޯޓްސް ކޮމިޝަނަރަކަށް ހުންނެވި މުހައްމަދު ތޮލާލެވެ. އޭނަ ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 21 ގަ އެވެ. އަދި ތޮލާލު އިސްތިއުފާ ދެއްވުމުން އެސޯސިއޭޝަން ހިންގެވުމާ ހަވާލުވެ ހުންނެވީ ނައިބު ރައީސް އަހުމަދު އަޒީލެވެ.