Last Updated: May 19, 21:03
Sunday, May 19, 2024
ޚަބަރު

އިތުރު 3 ސަފީރަކަށް މަޖިލީހުން ރުހުން ދީފި

މަޖިލިސް ތަޅުން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިތުރު ތިން ސަފީރަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފައިވަނީ ޗައިނާގެ ސަފީރުކަމަށް ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބު، ބަންގްލަދޭޝްގެ ސަފީރުކަމަށް ޝިއުނީން ރަޝީދު އަދި ސައުދިއަރަބިއްޔާގެ ސަފީރު ކަމަށް މުހައްމަދު ތާހާއެވެ.

މި ތިން ބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ އެބޭފުޅުންނަށް ރުހުން ދިނުމަށް ފާސްކޮށްފައެވެ.

މިއަދުގެ ޖަލްސާގައި މި ތިން ބޭފުޅުންނަށް ރުހުން ދިނުމަށް ވޯޓަށް އެހުމުން ޑރ. ފަޒީލް ނަޖީބު އަދި ޝިއުނީން ރަޝީދުއަށް ރުހުން ދޭން ފެންނަ ކަމަށް 35 މެންބަރުން ވޯޓު ދެއްވިއެވެ. އަދި މުހައްމަދު ތާހާއަށް ރުހުން ދޭން ފެންނަ ކަމަށް 33 މެންބަރުން ވޯޓު ދެއްވިއެވެ.

ރުހުން ދިން ތިން ސަފީރުންގެ ތެރެއިން ޑރ. ފަޒީލް ނަޖީބު އަދި މުހައްމަދު ތާހާ އަކީ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި ދެ ބޭފުޅުންނެވެ.