Last Updated: May 19, 21:03
Sunday, May 19, 2024
ޚަބަރު

އަނަސްގެ މަރުގެ މައްސަލަ އިސްތިއުނާފުކޮށްފި

އަނިޔާވެރިގޮތަކަށް މަރާލި ޒުވާން ކެޕްޓަން އަނަސް-

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ވަޅިން ހަމަލާދީ ރ. މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދައުވާ އުފުލި އެންމެން ސަލާމަތްވި މައްސަލަ އިސްތިއުނާފު ކޮށްފިއެވެ.

އަނަސް މަރާލި މައްސަލައިގައި ދައުވާކުރި މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ފެބްރުއަރީ 25 ވަނަ ދުވަހުއެވެ.

އެ މައްސަލައިގައި "އައްޑޫލައިވް" އަށް މައުލޫމާތު ދެމުން ޕީޖީ އޮފީހުން ބުނެފައިވަނީ އަނަސް މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ 7 މީހުންގެ ބައިވެސް މިއަދު އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.

އަނަސް މަރާލި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ ލ. ގަން، ތުނޑި، ނަންނާރިގެ ޖުނައިދު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ޅ. ކުރެންދޫ އަސުރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު، އުޘްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާޤު އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ޝާޒްގެ މައްޗަށެވެ.