Last Updated: May 19, 21:03
Sunday, May 19, 2024
ޚަބަރު

މިހާތަނަށް ފޮނުވާލެވުނީ އިންޑިއާގެ 51 ސިފައިން

ރާއްޖޭވައި ތިބި އިންޑިއާ ސިފައިންގެ ތެރެއިން މިހާތަނަށް ފޮނުވައިލެވުނީ 51 ސިފައިން ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ކުރިން ފޮނުވާލި ދެ ބެޗްގައި ހިމެނެނީ 51 ސިފައިން ކަމަށާއި ބާކީ ތިބި ސިފައިން ޝެޑިއުލާ އެއްގޮތަށް މި މަހުގެ 10 ގައި އެނބުރި ދާނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި މި މަހުގެ 10 ގެ ފަހުން އިންޑިއާގެ ސިފައިންނެއް ރާއްޖޭގައި ނުތިބޭނެ އެވެ. އިންޑިއާ ސިފައިން ރާއްޖެ އިން ފޮނުވައިލުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ

ސަރުކާރުން ބުނެފައިވާ ގޮތުގައި އިންޑިއާގައި ތިބީ ރާއްޖޭގެ 88 ސިފައިންނެވެ، މީގެ ތެރެއިން ފުރަތަމަ ބެޗް މާޗް މަހުގެ ކުރީކޮޅު އަދި ދެވަނަ ބެޗް މިދިޔަ މަހުގެ ކުރީކޮޅު އެނބުރި ގޮސްފައިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުން އައީ އެ ގައުމުން ހަދިޔާކުރި ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓްގެ އޮޕަރޭޝަނާއި އެ އެެއްޗެހީގެ މެއިންޓަންސްގެ މަސައްކަތްތަކަށެވެ.