Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

ރައީސް އާ މޮރިޝަސްގެ ބޮޑުވަޒީރުގެ ނައިބު ބައްދަލު ކުރައްވައިފި

ރައީސް މޮރިޝަސްގެ ބޮޑު ވަޒީރުގެ ނައިބާ މިއަދު ބައްދަލު ކުރައްވަނީ. ފޮޓޯ/ ރައީސް އޮފީސް

މޮރިޝަސްގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރު އޮފް ފިނޭންސް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް މިސްޓަ ޒަވިއޭ ލިއުކް ޑިވާލް، ރައީސް ޑރ. މުހައްމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މިއަދު ރައީސް އޮފީހުގައި އޮތް މި ބައްދަލު ކުރެއްވުމުގައި، ރާއްޖެ އާއި މޮރިޝަސް އާ ދެމެދު އޮންނަ ގާތް ގުޅުން، ކުރިއަށް އޮތް ތާނގައި އިތުރަށް ހަރުދަނާ ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދެ ޤައުމުގެ އިންވެސްޓްމަންޓް އިތުރުކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު އޮތް ގޮތާއި، މި އަހަރު ރާއްޖޭގައި ބޭއްވޭ ރިޔާސީ އިންތިޚާބާ ބެހޭ ގޮތުން ރައީސް، މޮރިޝަސްގެ ބޮޑުވަޒީރުގެ ނައިބަށް މަޢުލޫމާތު އެރުވި އެވެ.