Last Updated: June 10, 13:14
Wednesday, June 10, 2026
ޚަބަރު

އެމްއޭސީއެލް އެމްޑީގެ ވެހިކަލް ވަގަށްނެގި ބަޔަކު ހައްޔަރަށް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ ވެހިކަލް ވަގަށް ނެގި މައްސަލައިގައި ބަޔަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ އެމްއޭސީއެލްގެ ވެހިކަލެއް ގެއްލިފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ ވެހިކަލް ވަގަށް ނެގި މައްސަލަ ފެންމަތިވިތާ ދުވަސްކޮޅެއް ވަނީ ވެފައެވެ. މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.