އެސްޓީއޯގެ ސްމާޓް ސްޓޯ 24 ގަޑިއިރަށް ބަދަލުކޮށް، ހިދުމަތް ދޭން ފަށައިފި އެވެ.
އެސްޓީއޯގެ ސްމާޓް ސްޓޯ އަކީ ކޭޝިއަރަކު ނުހުންނަ، ރާއްޖޭގެ އެބާވާތުގެ ފުރަތަމަ ސްމާޓް ފިހާރަ އެވެ. މި ފިހާރައިން ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން އަޅައިގެން، އޭގެ ފަހުން ފިހާރައިން ބޭނުން އެއްޗެއް ގެންދަންވީ އެވެ. ކަސްޓަމަރު ނިކުންނައިރު ހިފައިގެންދާ އެއްޗެއްގެ އަގު ކަސްޓަމަރުގެ ލިންކް ކޮށްފައިވާ ބޭންކް އެކައުންޓުން ކެނޑެ އެވެ.
އެސްޓީއޯ އިން ބުނީ އެ ސްޓޯގެ ހިދުމަތް މިހާރު 24 ގަޑިއިރު ލިބެން ހުންނާނެ ކަމަށެވެ.
Shop at your convenience. Our STO Smart Store is now open 24 hours!
The first-ever fully autonomous store in the Maldives. Just #grabandgo 🥳 pic.twitter.com/gfZYKeYYxd
— STO (@stoplc) May 8, 2024
މި ފިހާރައަށް ވަދެވޭނީ ހާއްސަ އެޕްލިކޭޝަނެއް ޑައުންލޯޑުކޮށްގެންނެވެ. އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރު ރެޖިސްޓާ ކުރެވި، އަދި ބޭންކް އެކައުންޓު ލިންކް ކުރެވެ އެވެ. އަދި އެޕްލިކޭޝަންގެ ކިއު އާރް ކޯޑުން ފިހާރައިގެ ދޮރު ހުޅުވެ އެވެ. މި ފިހާރައިން ޚިދުމަތް ދޭން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހު އެވެ.
ރާއްޖޭގެ ފުރަތަމަ ސްމާޓް ފިހާރަ އެސްޓީއޯއިން ހުޅުވާފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކް ކައިރީ ފިހާރަ ބަރީގަ އެވެ. މިއީ ރާއްޖޭގައި ހުޅުވުނު މި ބާވަތުގެ ފުރަތަމަ ފިހާރަ ކަމަށް އެސްޓީއޯއިން ބުނެ އެވެ.