ދުނިޔޭގެ ސިއްހަތު ދުވަހު ސަރުކާރުން ދޭ ސިއްހީ ތިން އެވޯޑްގެ ތެރެއިން ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެންމެ ރަނގަޅަށް މަސައްކަތް ކުރާ ހޮސްޕިޓަލަކަށް ދޭ އެވޯޑް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ލިބިއްޖެއެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރުމަށް ހޮޓެލް ޖެންގައިރޭ ބޭއްވި ޖަލްސާގައި އެވޯޑްތައް ހަވާލުކޮށްދެއްވީ އެ ޖަލްސާގެ ޝަރަފްވެރި މެހުމާންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ފަރާތުން މި ސެޓްފިކެޓާ ހަވާލުވެވަޑައިގެންނެވީ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ހަދީޖާ ހަފުސާ އެވެ.
ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެންމެ ރަނގަޅަށް މަސައްކަތް ކުރާ ހޮސްޕިޓަލަކަށް ދޭ އެވޯޑާއި އެކު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ވަނީ ފައިސާގެ އިނާމެއް ވެސް ލިބިފަ އެވެ.