Last Updated: April 30, 19:33
Tuesday, April 30, 2024
ވިޔަފާރި

ކޮކާކޯލާ ސިލްވަރ ޖުބްލީގެ ފުރަތަމަ ނަސީބުވެރިއަކަށް ރަޝީދާ އިބްރާހިމް

ކޮކާކޯލާ ކުންފުނިން ރާްޖޭގައި ހިދްމަތް ފޯރުކޮށްދޭތާ ފަންސަވީސް އަހަރު ފާހަނަގަ ކުރުމަށް ހިންގާ ހާއްސަ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބްވެރިއަކަށް އައްޑޫ މީދޫ ،ހަނދުވަރުމަތީގެ ރަޝިދާ އިބްރާހިމް ހޮވިއްޖެއެވެ.

މިދިޔަ ހުކުރުދުވަހުގެރޭ ބޭއްވި ލަކީޑްރޯގައި ގުރުއަތުން ރަޝީދާއަށްވަނީ ޔަމަހާ ސައިކަލެއް ލިބިފައެވެ.

އެޕްރީލް 1 އިން ފެށިގެން 6 ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު އެއްފަހަރު ނަސީބުވެރިން ހޮވާގޮތަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ހޮވާ ނަސީބުވެރިންގެ ތެރޭގައި ކޮންމެ ހަފްތާއަކަށް ދެމީހަކަށް ސިންގަޕޫރު ދެކޮޅު ޓިކެޓާއި ޔަމަހާ ބްރޭންޑްގެ 2 ސައިކަލާއި އެލްސީޑީ ޓީވީގެ އިތުރުން ލެޕްޓޮޕާއި ތަފާތު އިނާމްތައް ހިމެނެއެވެ.

މި ޕްރޮމޯޝަންގައި ޖުމްލަ 12 މީހަކަށް ސިންގަޕޫރު ދެކޮޅު ޓިކެޓާއި 12 ސައިކަލުގެ އިތުރުން އަގުހުރި ގިނަ ސާމާނުތަކެއް ލިބިގެންދާނެ ކަމަށް ކޮކާ ކޯލާއިން ބުނެއެވެ.

ކޮކާކޯލާއިން ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަން އާއި ގުޅިގެން، އައްޑޫގައި އެކުންފުނިން އަންނަނީ ޕްރޮމޯޝަންގެ ކުލަ ގަދަ ކުރަމުންނެވެ.